بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ۞ 1
ޙަމްދު ހުރީ ﷲއަށެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗަކާއި، ކަމެއް، އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި އާޚިރަތް ދުވަހުންވެސް ޙަމްދު ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.
يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا وَهُوَ ٱلرَّحِيمُ ٱلْغَفُورُ ۞ 2
ބިމުގެ ތެރެޔަށް ވަދެގެންދާހާ ތަކެއްޗާއި، އެ ބިމުގެ ތެރެއިން ނިކުންނަހާ ތަކެއްޗާއި، އުޑުން ފައިބާހާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާހާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.
وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَٰلِمِ ٱلْغَيْبِ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَٰبٍ مُّبِينٍ ۞ 3
ކާފިރުވި މީހުން ބުނޫއެވެ. ޤިޔާމަތް ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިއެއްތަ! އެހެންނަކުންނޫނެވެ. ތިމަންގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެވަގުތު (އެބަހީ: ޤިޔާމަތް ވުމުގެ ވަގުތު) ތިޔަބައިމީހުންނާ ހަމަޔަށް އަންނާނެކަން ކަށަވަރެވެ. އެކަލާނގެއީ، ޣައިބު ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ޛައްރެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ. ބަޔާން ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެތެވެ.
لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ۞ 4
(އެއީ) އީމާންވެ ޞާލިޙު ޢަމަލުތައްކުޅަ މީހުންނަށް (ހެޔޮ) ޖަޒާ ދެއްވުމަށްޓަކައެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤު ހުށްޓެވެ.
وَٱلَّذِينَ سَعَوْ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ۞ 5
ތިމަންރަސްކަލާނގެ (ބާވައިލެއްވި) އާޔަތްތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ!) ވޭންދެވިނި އެންމެގަދަ ޢަޛާބުން އެއުރެންނަށް ޢަޛާބު ހުށްޓެވެ.
وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ ۞ 6
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި ފޮތް އެއީ ޙައްޤު ބަސްފުޅު ކަމުގައި، އެއުރެންނަށް ޢިލްމު ލިބިގެންވާ މީހުން ދެކޭނެތެވެ. އަދި އެ ފޮތް މަގުދައްކަނީ، ޢަޒީޒުވަންތަ، ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެ މަގަށެވެ.
وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ ۞ 7
ކާފިރު ވިމީހުން ބުނޫއެވެ. ތިޔަބައިމީހުން މަރުވެ، ކުދިކުދި އެތިކޮޅުތަކަކަށް ވަކިވެދާހިނދު، އަލުން އާ އުފެއްދުމެއްގައި ހަމަކަށަވަރުން، ތިޔަބައިމީހުން އުފެދިގެންދާނެކަމަށް ތިޔަބައިމީހުންގެ ގާތުގައި ބުނެ، ޚަބަރު ދޭމީހަކު ތިޔަބައިމީހުންނަށް ތިމަންމެން ދައްކަންހެއްޔެވެ؟
أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَٰلِ ٱلْبَعِيدِ ۞ 8
އޭނާ ﷲއާމެދު ހަދައިގެން ދޮގެއް ބުނީހެއްޔެވެ؟ ނުވަތަ އޭނާގެ ކިބައިގައި މޮޔަކަމެއް ހުންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އާޚިރަތަށް އީމާން ނުވާ މީހުން (އާޚިރަތުގައި) ވަނީ ޢަޛާބުގައެވެ. އަދި (ދުނިޔޭގައި އެއުރެންވަނީ) ދުރުވެގެންވާ މަގުފުރެދުމެއްގައެވެ.
أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ إِنَّ فِى ذَٰلِكَ لَـَٔايَةً لِّكُلِّ عَبْدٍ مُّنِيبٍ ۞ 9
އަދި އުޑާއި، ބިމުން އެއުރެންގެ ކުރިމަތީގައިވާތަނާއި، އެއުރެންގެ ފުރަގަހުގައިވާތަން، އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ބިންގަނޑު އެއުރެންނާއިގެން ގަންބަވައިގެންފާހުށީމެވެ. ނުވަތަ އުޑުން ތަންތަންގަނޑު އެއުރެންގެ މައްޗަށް ވައްޓަވައިފާހުށީމެވެ. ހަމަކަށަވަރުން، އެކަމުގައި އެކަލާނގެއަށް ތައުބާވެ، ރުޖޫޢަވާ ކޮންމެ އަޅަކަށް ހެތްކެއްވާކަން ކަށަވަރެވެ.
وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا يَٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ وَأَلَنَّا لَهُ ٱلْحَدِيدَ ۞ 10
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދާވޫދުގެފާނަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ފަޟްލުވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް ތަސްބީޙަ ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ.
أَنِ ٱعْمَلْ سَٰبِغَٰتٍ وَقَدِّرْ فِى ٱلسَّرْدِ وَٱعْمَلُوا۟ صَٰلِحًا إِنِّى بِمَا تَعْمَلُونَ بَصِيرٌ ۞ 11
(ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން ޞާލިޙު ޢަމަލު ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
وَلِسُلَيْمَٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ ۞ 12
އަދި ސުލައިމާނުގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ އަމުރުފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ ޢަޛާބުގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، ﷲ، ސުލައިމާނުގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.)
يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَٰتٍ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ ۞ 13
އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ ދާވޫދުގެފާނުގެ އާލުންނޭވެ! (އެކަލާނގެއަށް) ޝުކުރުވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލު ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށްމަދެވެ.
فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ ۞ 14
ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.
لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ جَنَّتَانِ عَن يَمِينٍ وَشِمَالٍ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ ۞ 15
ހަމަކަށަވަރުން، ސަބާގެ އަހުލުވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި ރިޒްޤުން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް ޝުކުރުވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ ۞ 16
ދެން އެއުރެން (އެކަލާނގެ ނިޢުމަތަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ.
ذَٰلِكَ جَزَيْنَٰهُم بِمَا كَفَرُوا۟ وَهَلْ نُجَٰزِىٓ إِلَّا ٱلْكَفُورَ ۞ 17
އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން ކާފިރު ވުމުގެ ސަބަބުންނެވެ. ކާފިރުވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟
وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَٰرَكْنَا فِيهَا قُرًى ظَٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ ۞ 18
އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި ބަރަކާތް ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް ވަޙީ ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ ޙާލު، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!
فَقَالُوا۟ رَبَّنَا بَٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَٰهُمْ أَحَادِيثَ وَمَزَّقْنَٰهُمْ كُلَّ مُمَزَّقٍ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ ۞ 19
ފަހެ، އެއުރެން (ދުޢާ ކޮށް) ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ދަތުރުތަކުގެ ދެމެދުތައް މިއަށްވުރެން ދުރުކުރައްވައިފާނދޭވެ! އަދި އެއުރެން، އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވޫއެވެ. ދެންފަހެ، އެއުރެންނީ (މީސްތަކުންގެ މެދުގައި) ދެކެވޭ ވާހަކަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެތަންމިތަނަށް ތިމަންރަސްކަލާނގެ އެއުރެން ވަކިކުރައްވައި ވިއްސިވިހާލި ކުރެއްވީމެވެ. ހަމަކަށަވަރުން، އެކަމުގައި ބޮޑަށް ކެތްތެރިވެ، ގިނަގިނައިން ޝުކުރުވެރިވާ ކޮންމެ މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ ۞ 20
ހަމަކަށަވަރުން، އިބްލީސް، އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، މުއުމިނުންކުރެ ބަޔަކުމެނުވީ، އެ އެންމެން، އިބްލީސްއާ ތަބަޢަ ވޫއެވެ.
وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ ۞ 21
އަދި އާޚިރަތަށް އީމާންވާ މީހުންނާއި، އާޚިރަތާމެދު ޝައްކުކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެން، އެކަން ހާމަކުރެއްވުމަށްޓަކައިމެނުވީ، އެއުރެންގެ މައްޗަށް އެއްވެސް ބާރެއް، އެ އިބްލީސްއަކަށް ލިބިގެނެއް ނުވެތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއްގެމައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ ۞ 22
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް ޝަރީކު ކޮށްއުޅުނު ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ޛައްރެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސްނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ.
وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ قَالُوا۟ ٱلْحَقَّ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ ۞ 23
އަދި އެމީހަކަށް އެކަލާނގެ އިޛުނަ ދެއްވައިފި މީހަކަށްމެނުވީ، އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިކަމުން މަންފާއެއް ނުކުރާނެތެވެ. އެއުރެންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާނދެނެވެ. (އެހިނދު) އެއުރެން (އެކަކުއަނެކަކަށް) ބުނާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވީ ކީކޭހެއްޔެވެ؟ އެއުރެން (އެކަކު އަނެކަކަށް) ބުނާނެތެވެ. (އެކަލާނގެ ވަޙީ ކުރެއްވީ) ޙައްޤު ބަސްފުޅެވެ. އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ ޢަޡަމަތްތެރި ރަސްކަލާނގެއެވެ.
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَٰلٍ مُّبِينٍ ۞ 24
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (ރިޒްޤު ދެއްވަނީ) ﷲއެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ ۞ 25
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން ކުޅަ ފާފަޔާމެދު ތިޔަބައިމީހުންނާ ސުއާލެއް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) ޢަމަލުތަކާމެދުވެސް، ތިމަންމެންނަކާ ސުއާލެއް ނުކުރައްވާނެތެވެ.
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ ۞ 26
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (ޤިޔާމަތް ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ ޙައްޤަށް ނިޔާކުރައްވައި، ޙުކުމް ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް ޙުކުމް ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ كَلَّا بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ۞ 27
ކަލޭގެފާނު ވިދާޅުވާށެވެ! ބައިވެރިން ކަމުގައި އެކަލާނގެއަށް ތިޔަބައިމީހުން ނިސްބަތްކުރި ފަރާތްތައް ތިމަންނާއަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ހަމަހިލާ އެހެންނަކުން ނޫނެވެ! އަދި ކިއެއްތަ! އެކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ﷲއެވެ.
وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ۞ 28
އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.
وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ۞ 29
އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ ޢަޛާބުގެ) ވަޢުދު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ ۞ 30
ކަލޭގެފާނު ވިދާޅުވާށެވެ! އެ ވަޢުދަށް ކަނޑައަޅުއްވާފައިވާ ދުވަހެއް ތިޔަބައިމީހުންނަށްވެއެވެ. އެދުވަހަށްވުރެ އެންމެހިނދުކޮޅަކަށްވެސް ތިޔަބައިމީހުންނަކަށް ލަހެއް ނުކުރައްވާހުށްޓެވެ. އަދި އިހެއްވެސް ނުމެކުރައްވާހުށްޓެވެ.
وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ ۞ 31
އަދި ކާފިރު ވިމީހުން ބުނޫއެވެ. ތިމަންމެން މި ޤުރްއާނަކަށްވެސް، އަދި މީގެކުރީގެ ފޮތްތަކަކަށްވެސް އީމާނެއް ނުވާނަމެވެ. އަނިޔާވެރިން އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުއްޓިތިބޭހިނދު، ކަލޭގެފާނު ދެކެވަޑައިގަންނަވާނެނަމައެވެ. (އެހިނދު) އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ބަސްބުނެ ރައްދުކޮށް ހަދާނެތެވެ. ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ތިޔަބައިމީހުން ނުވާނަމަ، ތިމަންމެން މުއުމިނުންކަމުގައި ވީސްކަން ކަށަވަރެވެ.
قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم بَلْ كُنتُم مُّجْرِمِينَ ۞ 32
ބޮޑާވެގަތްމީހުން، ނިކަމެތިވެގެންވާ މީހުންނަށް ބުނޫއެވެ. ތިޔަބައިމީހުންނާ ހަމަޔަށް ތެދުމަގު އައުމަށްފަހު، އެ ތެދުމަގުން ތިޔަބައިމީހުން އެއްކިބާކުރީ ތިމަންމެން ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، ކުށްކުރާބަޔަކު ކަމުގައިވީމުއެވެ.
وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ ۞ 33
އަދި ނިކަމެތިވެގެންވާ މީހުން، ބޮޑާވެގަތް މީހުންނަށް ބުނޫއެވެ. އަދި ކިއެއްތަ! އެއީ (ތިޔަބައިމީހުންގެ) ރެޔާދުވާލުގެ މަކަރެވެ. އެއީ ﷲއަށް ތިމަންމެން ކާފިރުވެ، އަދި އެކަލާނގެއަށް ޝަރީކުންތަކެއް ލުމަށް ތިޔަބައިމީހުން ތިމަންމެންނަށް އަމުރުކުޅަހިނދެވެ. އަދި އެއުރެން ޢަޛާބު ދުށްހިނދު، އެކަމުގެ މައްޗަށް ހިތާމަކޮށް އެކަން ވަންހަނާކުޅައޫއެވެ. އަދި ކާފިރުވި މީހުންގެ ކަނދުރާތަކުގައި، ތިމަންރަސްކަލާނގެ ކަސްތޮޅުތައް ލެއްވީމެވެ. (ފަހެ) އެއުރެން ޢަމަލު ކުރަމުންގެންދިޔަ ގޮތަށްމެނުވީ، އެއުރެންނަށް ޖަޒާ ލިބޭނެހެއްޔެވެ؟
وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ ۞ 34
އެރަށެއްގައިތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުން ތިމަންމެން މިތިބީ، ތިޔަ ރަސޫލުން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން، ކާފިރު ވެގެންނޭ ނުބުނާ އެއްވެސް ރަށަކަށް، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.
وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَٰدًا وَمَا نَحْنُ بِمُعَذَّبِينَ ۞ 35
އަދި އެއުރެން ބުނޫއެވެ. މުދަލުގެ ގޮތުންނާއި، ދަރިންގެގޮތުން، ތިމަންމެން މާގިނައެވެ. އަދި ތިމަންމެންނީ (އާޚިރަތުގައި) ޢަޛާބު ދެއްވާނެ ބަޔަކު ކަމުގައި ނުވަމުއެވެ.
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ۞ 36
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.
وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ ۞ 37
އަދި ތިޔަބައިމީހުންގެ މުދާވިޔަސް، އަދި ދަރިންވިޔަސް، އެއީ ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެތެވެ. އީމާންވެ ޞާލިޙު ޢަމަލު ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންކުޅަ ހެޔޮ ޢަމަލަށް ގިނަގުނަވެގެންވާ ޘަވާބު އެއުރެންނަށް ހުށްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ އަމާން ކަން ލިބިގެންވާ ބަޔަކުކަމުގައެވެ.
وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَٰتِنَا مُعَٰجِزِينَ أُو۟لَٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ ۞ 38
އަދި ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅުހަދަން މަސައްކަތްކުރާ މީހުން (ދަންނާށެވެ!) އެއުރެން ޢަޛާބުގެތެރެޔަށް ޙާޟިރު ކުރައްވާނެތެވެ.
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ وَمَآ أَنفَقْتُم مِّن شَىْءٍ فَهُوَ يُخْلِفُهُۥ وَهُوَ خَيْرُ ٱلرَّٰزِقِينَ ۞ 39
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (ރިޒްޤު) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒްޤު ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ ۞ 40
އެކަލާނގެ އެއުރެން އެންމެން މަޙްޝަރަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ދެން އެކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އަޅުކަންކުރާ ކަމުގައިވީ މިތިބަމީހުން ހެއްޔެވެ؟
قَالُوا۟ سُبْحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِم بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ أَكْثَرُهُم بِهِم مُّؤْمِنُونَ ۞ 41
އެ މަލާއިކަތުން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެންނެއްނޫނެވެ. އަދި ކިއެއްތަ! އެއުރެން އަޅުކަންކުރާ ކަމުގައިވީ ޖިންނީންނަށެވެ. އެއުރެންކުރެ ގިނަމީހުންވަނީ، އެ ޖިންނީންނަށް އީމާން ވެގެންނެވެ.
فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ ۞ 42
ފަހެ، މިއަދު ތިޔަބައިމީހުންކުރެ އެއްބަޔަކަށް އަނެއްބަޔަކު މަންފާއެއް ކުރުމެއްވިޔަސް، ނުވަތަ ގެއްލުމެއް ދިނުންވިޔަސް، މިލްކުވެގެންނެއް ނުވެތެވެ. އަދި އަނިޔާވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވަޙީ ކުރައްވާހުށީމެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ ޢަޛާބުގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ!
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ قَالُوا۟ مَا هَٰذَآ إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَٰذَآ إِلَّآ إِفْكٌ مُّفْتَرًى وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ ۞ 43
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށްއުޅުނު ތަކެތިން، ތިޔަބައިމީހުން އެއްކިބާކުރުމަށް ޤަޞްދު ކޮށްގެންއުޅޭ މީހަކުކަމުގައި މެނުވީ، މީނާ (އެބަހީ: ރަސޫލާ) ނުވެތެވެ. އަދި އެއުރެން ބުނެތެވެ. އަމިއްލައަށް އުފައްދާފައިވާ ދޮގެއް ކަމުގައި މެނުވީ މި (ޤުރްއާން) ނުވެތެވެ. އަދި އެއުރެންނަށް، ޙައްޤު ޤުރުއާން އައިހިނދު، އެ ޤުރްއާނާމެދު ކާފިރު ވިމީހުން ބުނޫއެވެ. ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ މި ނުވެތެވެ.
وَمَآ ءَاتَيْنَٰهُم مِّن كُتُبٍ يَدْرُسُونَهَا وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍ ۞ 44
އަދި އެއުރެން ކިޔަވައިއުޅޭނެ ފޮތްތަކެއް، ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުދެއްވަމެވެ. އަދި އެއުރެންގެގާތަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ އެއްވެސް ރަސޫލަކު ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުން ނުފޮނުއްވަމެވެ.
وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَٰهُمْ فَكَذَّبُوا۟ رُسُلِى فَكَيْفَ كَانَ نَكِيرِ ۞ 45
އަދި އެއުރެންގެ ކުރީގެ މީހުންވެސް ދޮގުކުރޫއެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި އާރާއި ބާރުގެ ދިހަބައިކުޅައެއްބަޔާ ހަމަޔަށްވެސް އެއުރެންނެއް (އެބަހީ: މައްކާގެ މުޝްރިކުން) ނުފޯރަތެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކުޅައޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އިންކާރު ކުރެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟
قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ مَا بِصَاحِبِكُم مِّن جِنَّةٍ إِنْ هُوَ إِلَّا نَذِيرٌ لَّكُم بَيْنَ يَدَىْ عَذَابٍ شَدِيدٍ ۞ 46
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަޞޭޙަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން ﷲއަށްޓަކައި (ޙައްޤު މަގު ހޯދުމުގައި) ޤާއިމް ވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ ޢަޛާބެއްގެކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ.
قُلْ مَا سَأَلْتُكُم مِّنْ أَجْرٍ فَهُوَ لَكُمْ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ وَهُوَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ۞ 47
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރައަކަށް ތިމަންއެދިފައިވާނަމަ، ފަހެ، އެއީ ތިޔަބައިމީހުންނަށެވެ. ތިމަންނައަށް ދަރުމަދެއްވުން ﷲއަށް މެނުވީ ނުވެތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّٰمُ ٱلْغُيُوبِ ۞ 48
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ޙައްޤު ގޮތް ފޮނުއްވަތެވެ. (އެކަލާނގެއީ) ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَٰطِلُ وَمَا يُعِيدُ ۞ 49
ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި އިޢާދައެއްވެސް ނުމެކުރެވޭނެމެއެވެ.
قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ إِنَّهُۥ سَمِيعٌ قَرِيبٌ ۞ 50
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން މަގުފުރެދިއްޖެނަމަ، ފަހެ، ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. (އެބަހީ: އެކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ ނަފްސަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ، އެއީ ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް އިއްވަވާ ވަޙީގެ ސަބަބުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍ قَرِيبٍ ۞ 51
އެއުރެން (ޤިޔާމަތް ދުވަހު) ބިރުން ސިހިގެންދާހިނދު ކަލޭގެފާނު ދެކެވައިގަންނަވާނެނަމައެވެ. ފަހެ، އެހިނދު ސަލާމަތްވެގެން ދިއުމެއްނެތެވެ. އަދި ގާތުގައިވާ ތަނަކުން އެއުރެން ހިއްޕަވައި ގެންދަވާނެތެވެ.
وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍ ۞ 52
އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ ޤުރްއާނަށް އީމާން ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ އީމާންކަން އެއުރެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟
وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍ ۞ 53
މީގެކުރިން އެއުރެންވަނީ އެ ޤުރްއާނަށް ކާފިރު ވެފައިކަން ކަށަވަރެވެ. އަދި ނުފެންނަ ކަންތަކާމެދު ދުރުތަނަކުން އެއުރެން ހީއެއްގެ މައްޗަށް ވާހަކަދައްކައި އުޅުނޫއެވެ.
وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ إِنَّهُمْ كَانُوا۟ فِى شَكٍّ مُّرِيبٍۭ ۞ 54
އަދި އެއުރެން އެދޭކަންތަކާއި، އެއުރެންނާދެމެދު ހުރަސްއެޅުއްވިއެވެ. އެއުރެންނާ އެއްފަދަވެގެންވާ މީހުންނާމެދު، ކުރިން ކަންތައްކުރެއްވި ފަދައިންނެވެ. ހަމަކަށަވަރުން، އެއުރެންވީ ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައެވެ.