بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلشَّمْسُ كُوِّرَتْ ۞ 1
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
29 Ayahs · Uthmani Arabic
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ إِذَا ٱلشَّمْسُ كُوِّرَتْ ۞ 1
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
وَإِذَا ٱلنُّجُومُ ٱنكَدَرَتْ ۞ 2
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
وَإِذَا ٱلْجِبَالُ سُيِّرَتْ ۞ 3
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
وَإِذَا ٱلْعِشَارُ عُطِّلَتْ ۞ 4
އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
وَإِذَا ٱلْوُحُوشُ حُشِرَتْ ۞ 5
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
وَإِذَا ٱلْبِحَارُ سُجِّرَتْ ۞ 6
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
وَإِذَا ٱلنُّفُوسُ زُوِّجَتْ ۞ 7
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ.
وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ ۞ 8
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުއާލު ކުރައްވާ ހިނދެވެ.
بِأَىِّ ذَنۢبٍ قُتِلَتْ ۞ 9
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
وَإِذَا ٱلصُّحُفُ نُشِرَتْ ۞ 10
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެވެ.
وَإِذَا ٱلسَّمَآءُ كُشِطَتْ ۞ 11
އަދި އުޑު ގެންދަވާ ހިނދެވެ.
وَإِذَا ٱلْجَحِيمُ سُعِّرَتْ ۞ 12
އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ.
وَإِذَا ٱلْجَنَّةُ أُزْلِفَتْ ۞ 13
އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ.
عَلِمَتْ نَفْسٌ مَّآ أَحْضَرَتْ ۞ 14
ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ޙާޟިރުކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.
فَلَآ أُقْسِمُ بِٱلْخُنَّسِ ۞ 15
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
ٱلْجَوَارِ ٱلْكُنَّسِ ۞ 16
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
وَٱلَّيْلِ إِذَا عَسْعَسَ ۞ 17
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.
وَٱلصُّبْحِ إِذَا تَنَفَّسَ ۞ 18
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.
إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ ۞ 19
ހަމަކަށަވަރުން، އެއީ މާތްވެގެންވާ ރަސޫލަކު (އެބަހީ: ޖިބްރީލުގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ.
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ ۞ 20
ޢަރްޝުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ.
مُّطَاعٍ ثَمَّ أَمِينٍ ۞ 21
އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.
وَمَا صَاحِبُكُم بِمَجْنُونٍ ۞ 22
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: މުޙައްމަދުގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.
وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ ۞ 23
އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: ޖިބްރީލުގެފާނު) ދެކެވަޑައިގަތެވެ.
وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ ۞ 24
އަދި ޣައިބުގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ނުވެއެވެ.
وَمَا هُوَ بِقَوْلِ شَيْطَٰنٍ رَّجِيمٍ ۞ 25
އަދި ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނެއްގެ ބަސްކަމުގައިވެސް އެ ޤުރްއާން ނުވެއެވެ.
فَأَيْنَ تَذْهَبُونَ ۞ 26
ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟
إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ۞ 27
ޢާލަމްތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ޤުރްއާން ނުވެއެވެ.
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ۞ 28
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ۞ 29
ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.