AFIRIN Learn • Practice • Succeed
QURAN READER · 92 OF 114

Al-Layl

21 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلَّيْلِ إِذَا يَغْشَىٰ ۞ 1

ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.

وَٱلنَّهَارِ إِذَا تَجَلَّىٰ ۞ 2

ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ.

وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ ۞ 3

އަދި ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ.

إِنَّ سَعْيَكُمْ لَشَتَّىٰ ۞ 4

ހަމަކަށަވަރުން، އެއުރެންގެ ޢަމަލުތައް ތަފާތުވެގެންވާކަން ކަށަވަރެވެ.

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ۞ 5

ފަހެ (މުދަލުން) ހޭދަކޮށް (ﷲއަށް) ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!

وَصَدَّقَ بِٱلْحُسْنَىٰ ۞ 6

ފަހެ (މުދަލުން) ހޭދަކޮށް (ﷲއަށް) ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ!

فَسَنُيَسِّرُهُۥ لِلْيُسْرَىٰ ۞ 7

ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ۞ 8

އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!

وَكَذَّبَ بِٱلْحُسْنَىٰ ۞ 9

އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ!

فَسَنُيَسِّرُهُۥ لِلْعُسْرَىٰ ۞ 10

ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ.

وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ ۞ 11

އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ.

إِنَّ عَلَيْنَا لَلْهُدَىٰ ۞ 12

ހަމަކަށަވަރުން، ތެދުމަގު ދެއްކެވުންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.

وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ ۞ 13

އަދި ހަމަކަށަވަރުން، އާޚިރަތާއި، ދުނިޔޭގެ ހުރިހާކަމެއް މިލްކުވެގެންވަނީ، ތިމަންރަސްކަލާނގެއަށްކަން ކަށަވަރެވެ.

فَأَنذَرْتُكُمْ نَارًا تَلَظَّىٰ ۞ 14

ފަހެ، އަނދައަނދާހުރި ނަރަކައިގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިންޛާރު ކުރެއްވީމެވެ.

لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى ۞ 15

ބޮޑުވެގެންވާ އަބާއްޖަވެރިޔަކު މެނުވީ، އެ ނަރަކަޔަކަށް ނުވަންނާނެތެވެ.

ٱلَّذِى كَذَّبَ وَتَوَلَّىٰ ۞ 16

އެމީހަކީ، ދޮގުކޮށް، އަދި އެނބުރި ފުރަގަސްދިން މީހާއެވެ.

وَسَيُجَنَّبُهَا ٱلْأَتْقَى ۞ 17

އަދި ތަޤްވާވެރިކަން ބޮޑުމީހާ، އެ ނަރަކަޔާ ދުރުކުރައްވާނެތެވެ.

ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ ۞ 18

އެމީހާއީ، އެމީހާ ޠާހިރު ވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ.

وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ ۞ 19

އެހެންމީހެއްގެ ފަރާތުން އޭނާޔަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ.

إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ ۞ 20

އެހެނެއްކަމަކު (އޭނާ ހޭދަކުރަނީ) އޭނާގެ ވެރި، މަތިވެރިވަންތަ ރަސްކަލާނގެ ވަޖްހުފުޅު އަދައިގެންނެވެ.

وَلَسَوْفَ يَرْضَىٰ ۞ 21

އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ.