AFIRIN Learn • Practice • Succeed
QURAN READER · 114 OF 114

An-Nas

6 Ayahs · Uthmani Arabic

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ أَعُوذُ بِرَبِّ ٱلنَّاسِ ۞ 1

ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.

مَلِكِ ٱلنَّاسِ ۞ 2

(އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.

إِلَٰهِ ٱلنَّاسِ ۞ 3

(އެކަލާނގެއީ) މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ.

مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ۞ 4

ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.)

ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ۞ 5

އެ (ޝައިޠާނާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ.

مِنَ ٱلْجِنَّةِ وَٱلنَّاسِ ۞ 6

ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންނެވެ.